ޚަބަރު

"ފޯރަމްގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ ތަކަށް އިސްކަން ދެވޭނެ"

"ފޯރަމްގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ ތަކަށް އިސްކަން ދެވޭނެ"

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރުކޮށް، އެ ދާާއިރާ އިން އެއްބާރުލުން އިތުރު ކުރުމަށް މުހިންމު ފޯރަމެއް ކަމަށް.

އިތުރަށް ކިޔާ
ސަރުކާރުގެ އަމާޒަށް ވާސިލުވުމުގައި ބައިވެރިވުމަށް ރައީސްގެ ދައުވަތު ޗައިނާ އަށް

ސަރުކާރުގެ އަމާޒަށް ވާސިލުވުމުގައި ބައިވެރިވުމަށް ރައީސްގެ ދައުވަތު ޗައިނާ އަށް

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލު ކުރަން ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އެފްޓީއޭ އަށް އިޝާރާތް ކުރައްވާފައި.

އިތުރަށް ކިޔާ
ކޯޕް 17 ގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

ކޯޕް 17 ގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

ދިރުންތަކުގެ މުއްސަނދިކަން ނެތިދިއުން ހުއްޓުވުމަށާއި، 2030 ވަނަ އަހަރާ ހަމައަށް އެކަން އިއާދަކުރުމަށްޓަކައި، ބޭނުންވާ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް، ވަގުތުން ވަގުތަށް އަދި ފަސޭހަ އިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވޭ.

އިތުރަށް ކިޔާ
އޭއައި ބޭނުން ކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް: މިނިސްޓަރު ހީނާ

އޭއައި ބޭނުން ކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް: މިނިސްޓަރު ހީނާ

އޮކްޓޫބަރު 27 އިން 29 އަށް "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗާޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ބަޔާން އިއްވަވަމުން މިނިސްޓަރު ހީނާ ވަނީ، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ ވިސްނުމާއި އިޙުތިރާމް އިތުރުކޮށްދޭ، އަދި ސަގާފީ ތަފާތުތަކަށް އިޙުތިރާމްކުރާ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލައްވާފައި.

އިތުރަށް ކިޔާ
ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބަނޑޭރި ކޮށި ތަރައްޤީ ކުރަނީ

ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބަނޑޭރި ކޮށި ތަރައްޤީ ކުރަނީ

މިގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އިން ޚާއްޞަ އިސްކަމެއް ދީގެން މި ވަގުތު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައި.

އިތުރަށް ކިޔާ
ތިލަމާލެ ބްރިޖު: 80 އިންސައްތަ މަސައްކަތް ނިމި، މި ހަފުތާގައި ވިލިމާލެ އިން ގުޅީފަޅަށް ގުޅާލަނީ

ތިލަމާލެ ބްރިޖު: 80 އިންސައްތަ މަސައްކަތް ނިމި، މި ހަފުތާގައި ވިލިމާލެ އިން ގުޅީފަޅަށް ގުޅާލަނީ

ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ތިލަމާލެ ބްރިޖުގައި މިހާރު ކުރިއަށް ދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް.

އިތުރަށް ކިޔާ
ބްރެޒިލްގެ ރައީސް ލޫލާ އަށް، ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ބްރެޒިލްގެ ރައީސް ލޫލާ އަށް، ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ރައީސް މުޢިއްޒުގެ މެސެޖުގައި، އެ އިންތިޚާބުގައި ރައީސް ޑަ ސިލްވާ އަށް، ލިބިވަޑައިގެންނެވި ކާމިޔާބީ އަކީ އެމަނިކުފާނުގެ ޒައާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެން ދިޔަ ކަމެއް ކަމުގައި ފާހަގަ ކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވާފައިވޭ.

އިތުރަށް ކިޔާ
ރަސްމާލެ އަކީ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް: މުންދު

ރަސްމާލެ އަކީ ރާއްޖޭގެ މުސްތަޤުބަލު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް: މުންދު

މުންދު ވިދާޅުވީ، ރަސްމާލޭގައި ހިންގާ ބިޔަ ބޮޑު މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ދާންވާއިރު ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެ ކަމަށް.

އިތުރަށް ކިޔާ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ތަމްރީނު ހޯދަން ޗައިނާ އަށް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ތަމްރީނު ހޯދަން ޗައިނާ އަށް

މި ތަމްރީނު ޕްރޮގްރާމް އަކީ ޗައިނާގެ ފޫޖިއާންގައި މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނާސަރީ މެނޭޖްމަންޓް ޕްރޮގްރާމް".

އިތުރަށް ކިޔާ
އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި އެއްބަސްވުންތަކުގެ ދަށުން، ލ.އަތޮޅު ކްލަސްޓާ (ލޮޓް1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީވީ ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައި.

އިތުރަށް ކިޔާ
ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަކީ ލާޒިމު ކަމެއް: ބަންޑާރަ ނައިބު

ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަކީ ލާޒިމު ކަމެއް: ބަންޑާރަ ނައިބު

އެ މުއާހަދާގެ 5 ވަނަ މާއްދާގައި، އެ މުއާހަދާ އަށް ޢަމަލު ކުރުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމު ތަކުން ހަދަން ޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމު ކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު އުޝާމް ވިދާޅުވި.

އިތުރަށް ކިޔާ
ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ފަށައިފި

ނެޝަނަލް ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ފަށައިފި

މި ޕްރޮގްރާމް އަކީ މަގުމަތީގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިކުރުވުމާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އޭގެ ސަބަބުން ލިބޭ އަނިޔާތަކާއި ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް.

އިތުރަށް ކިޔާ
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ޖަލްސާ އޮންނާނީ، އެ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާއިރު، އެމަނިކުފާނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ބުނެފައިވޭ.

އިތުރަށް ކިޔާ