Article Top
ޚަބަރު •

ޞިއްޙީ ދާއިރާ އަށް މުހިންމީ ޤާބިލު މީހުން ބިނާ ކުރުން: މިނިސްޓަރު ގީލާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޞިއްޙީ ދާއިރާ އަށް މުހިންމީ ޤާބިލު މީހުން ބިނާ ކުރުން: މިނިސްޓަރު ގީލާ

ހެލްތު މިނިސްޓަރު ގީލާ އަލީ.

ރާއްޖޭގެ ޞިއްޙީ ދާއިރާ އަށް މުހިންމީ ޤާބިލު މީހުން ބިނާކުރުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ގީލާ މިހެން ވިދާޅުވެފައި ވަނީ، ޞިއްޙީ ދާއިރާގެ ތައުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި، ޕާކިސްތާންގެ ރިފާ އިންޓަނޭޝަނަލް ޔުނިވާސިޓީ ގުޅިގެން ބާއްވާ ފޯރަމް ފައްޓަވައި ދެއްވައި، ދެއްކެވި ވާހަކައިގައި އެވެ.

Advertisement
Article Inside

ޞިއްޙީ ދާއިރާ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ގީލާ ވިދާޅުވީ، އެއީ ހަމައެކަނި ޑޮކްޓަރުން އުފެއްދުން ނޫން ކަމަަށެވެ. އޭގެ ބަދަލުގައި މުހިންމީ މުޖުތަމައު އަށް ބޭނުންވެފައިވާ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ ފެންވަރާއި ޤާބިލުކަން ހުރި މީހުން ބިނާ ކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުސްތަޤުބަލަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުން އަންނައިރު، މިއަދު ޞިއްޙީ ދާއިރާގެ ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ހެލްތާއެކު ކަމަށެވެ. އަދި ބަލިތަކުގެ އެކިއެކި ކަންކަމަށް ޚާއްސަކޮށް މީހުން ބިނާ ކުރަން ޖެހޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިވާސިޓީތަކުން ހަަަމައެކަނި ކިޔަވައިދޭން ޖެހެނީ ހެލްތު ކެއާ ޕްރޮފެޝަން ނޫން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮންޓެކްސްޓުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ އިލްމަކީ ކޮބައިކަން ވެސް ދަސްކޮށްދޭން ޖެހޭ ކަމަށާއި، އެހެން ޔުނިވާސިޓީތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން ދިރާސާކުރާާ މީހުންނާ އޮންނަ ގުޅުން ވެސް ރަނގަޅުވެ، ވަރުގަދަ ވާން ޖެހޭ ކަމަށް މިނިސްޓަރު ގީލާ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުން އަދި އެކަންކަމާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތަކަށް ދޭން ޖެހޭ ސަމާލުކަން އިތުރު ކުރަން ޖެހޭ ކަމަށް ވެސް ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް