Article Top
ޚަބަރު •

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2024 އަދި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ޖަލްސާގެ ތެރެއިން.

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރެހެންދި އެވޯޑަކީ، މުޖުތަމައުގެ ލާބަ އާއި، މަންފާ އަދި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކުރިމަތިލުމުގެ ސުން ގަޑި އަކީ 2026 ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

Advertisement
Article Inside

މިއެވޯޑަށް ކުރިމަތިލުމަށް އެކި ގޮތް ގޮތަށް ފުރުސަތު އޮންނާނެ އެވެ. އެގޮތުން ވަކި ވަކި އަންހެނުންނަށް ނަން ހުށަހެޅުމާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ ތަކުން އަމިއްލަ އަށް ނަން ހުށަހެޅުމާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނަން ހުށަހެޅުން އަދި އެހެން ފަރާތްތަކުން ނުވަތަ ނޮމިނޭޓު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ރެހެންދި އެވޯޑަށް ނަން ހުށަހަޅަން ޖެހެނީ އެއް ދާއިރާ އަކުންނެވެ. މިއީ ރާއްޖޭގެ ތަރައްޤީ އާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާ ކުރަމުން އަންނަ ދައުރު ޤައުމީ ފެންވަރުގައި ވަޒަން ކުރުމާއި، އެކި އެކި ދާއިރާ ތަކުން އަންހެނުން ކުރަމުން އަންނަ މަސައްކަތްތަކާއި، އަންހެނުންގެ ޙައްގުތައް ރައްކާތެރިކުރުން އަދި އަންހެނުންނަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ދެމުން އަންނަ އެވޯޑެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް