Article Top
ޚަބަރު •

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ތަމްރީނު ހޯދަން ޗައިނާ އަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ތަމްރީނު ހޯދަން ޗައިނާ އަށް

ފަންނީ ތަމްރީނު ހޯދުމަށް ޗައިނާ އަށް ދަތުރުކުރާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.

ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރެވޭ 20 ނާސަރީ އަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމަށް ޗައިނާ އަށް ދަތުރުކުރާ ފުރަތަމަ ބުރުގެ 10 ބައިވެރިންނާ ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމަކީ ދަތުރަށް ފުރުމުގެ ކުރިން ބައިވެރިންނަށް މައުލޫމާތު ދީ، އެމީހުން ތައްޔާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

Advertisement
Article Inside

މި ތަމްރީނު ޕްރޮގްރާމް އަކީ ޗައިނާގެ ފޫޖިއާންގައި މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނާސަރީ މެނޭޖްމަންޓް ޕްރޮގްރާމް" އެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގައި ޤާއިމު ކުރެވޭ 20 ނާސަރީގެ މަސައްކަތްތައް ހަރުދަނާކޮށް، އެ ނާސަރީ ތަކަށް ބޭނުންވާ ފަންނީ ތަމްރީނު ހޯދުމެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ އަދަދެއްގެ ގަސް އުފައްދާނެ ނާސަރީތައް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން، މި ނާސަރީތައް ހިންގާނެ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި، ފަންނީ ޤާބިލުކަން އިތުރު ކުރުމަށް، ޚާއްސަކޮށް މި ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ، ޗައިނާގެ ފޫޖިއާންގައި މިފަދަ މަސައްކަތްތަކުގައި ހޯދާފައިވާ ތަޖުރިބާގެ އަލީގައި އެވެ.

މި ފުރަތަމަ ބުރުގައި ބައިވެރިވާ 10 ފަރާތަކީ، މި މަޝްރޫއުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ފަރާތްތަކެވެ. މި ތަމްރީނުގެ ސަބަބުން، ރާއްޖޭގައި ގަސް އިންދުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ނާސަރީތައް ހިންގުމުގެ ޤާބިލުކަން އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް