ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި
ލިޔުންތެރިޔާ
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތެރެއިން.
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފި އެވެ.
ބުދަ ދުވަހު މި ފޯރަމް ފަށާފައި ވަނީ ބާސެލޯ ނަސަންދުރާގައި އެެވެ. މިހާރު ކުރިއަށްދާ ޤައުމީ އުފެއްދުންތެރި ކަމުގެ މައުރަޒުގެ ހަވާސާގެ ތެރެެއިން ބާއްވާ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ފޯރަމްގައި 100 އަށް ވުރެ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާގެ 40 ކުންފުންޏަށް ވުރެ ގިނަ ކުންފުނި ހިމެނެ އެވެ. މިއީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި، ޗައިނާ އެމްބަސީ ގުޅިގެން އެއް ދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމެކެވެ.
ފޯރަމްއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ، ފޯރަމްގެ ތެރެއިން ފަސް އެމްއޯޔޫއެއްގައި ސޮއި ކުރެވޭނެ ކަމަށާއި، އެއީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫ ތަކެއް ކަމަަށެވެ. މި ފޯރަމްގެ މައިގަނޑު މަޤުސަދަކީ ވެސް ވިޔަފާރީގެ ގުޅުންތައް އިތުރު ކުރުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ސަރުކާރުން މިފަދަ މުހިންމު ފޯރަމް ތަކެއް ބާއްވަމުން އަންނައިރު، ރާއްޖެ އިން ބޭރުގައި ވެސް ވަނީ ކާމިޔާބު ފޯރަމް ތަކެއް ބާއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް