Article Top
ޚަބަރު •

ކޯޕް 17 ގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކޯޕް 17 ގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި

ކޮޕް 17 ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ފާއިޒު ބަޔާން އިއްވަނީ.

ކޮޕް 17 ގެ މަތީ ފަންތީގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވައިފި އެވެ.

މި ބަޔާން އިއްވާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒު އެވެ. މި ބައްދަލުވުމަކީ ދިރުންތަކުގެ މުއްސަނދިކަން ރައްކާތެރިކުރުމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ.

Advertisement
Article Inside

ސްޓޭޓް މިނިސްޓަރ ފާއިޒު އިއްވެވި ބަޔާނުގައި، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް (KMGBF) ގެ ލަނޑު ދަނޑިތައް ގައުމީ ފެންވަރުގައި ތަންފީޒު ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތްތައް އަލުން ކަށަވަރުކޮށްދެއްވި އެވެ. މި މަސައްކަތްތަކުގެ ތެރޭގައި "ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން" (NBSAP) މުރާޖައާކުރުމާއި، "އޯއީސީއެމް" (OECMs) ބަލައިގަތުމުގެ އިތުރުން، ގައުމީ "3030"x ރޯޑްމެޕްގެ މަސައްކަތްތައް ހިމެނެ އެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާހައުލާއި ދިރުންތައް ރައްކާތެރިކުރުމަށް ގަދަފަދަ އަޒުމެއް ކަނޑައަޅާފައިވާކަން ހާމަވެގެންދެ އެވެ.

މީގެ އިތުރުން، ބަޔާނުގައި ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (SIDS) ކުރިމަތިވެފައިވާ ހާއްސަ ނާޒުކު ހާލަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައި އެވެ. ކުދި ޖަޒީރާ ޤައުމު ތަކަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމު ތަކެކެވެ.

ދިރުންތަކުގެ މުއްސަނދިކަން ނެތިދިއުން ހުއްޓުވުމަށާއި، 2030 ވަނަ އަހަރާ ހަމައަށް އެކަން އިއާދަކުރުމަށްޓަކައި، ބޭނުންވާ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް، ވަގުތުން ވަގުތަށް އަދި ފަސޭހަ އިން ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ މުހިންމުކަން މި ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.

މިއީ 2050 ވަނަ އަހަރާ ހަމައަށް ތިމާވެއްޓާއި ގުދުރަތީ ދިރުންތަކާ އެކުވެރި މާހައުލެއްގައި ދިރިއުޅުމުގެ ތަސައްވުރު ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް ބަޔާނުގައި ފާއިޒު ވިދާޅުވި އެވެ. މިފަދަ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ އަޑު އުފުލުމަކީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް