ޚަބަރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި

އައިޔޫއެމްގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި

އައިޔޫއެމް އިން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް ފުރަތަމަ ދަންފަޅީގައި ޖުމުލަ 98 ދަރިވަރަކު ވަނީ ދަސްވެނިވެފައި.

އިތުރަށް ކިޔާ
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި މައްސަލަ، ބޭރުގެ އިދާރާތަކާ ހިއްސާކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި މައްސަލަ، ބޭރުގެ އިދާރާތަކާ ހިއްސާކޮށްފި

ފޮރިން މިނިސްޓްރީ އިން ހިއްސާކުރި "އިންފޮމޭޝަން ނޯޓު" ގައި ބުނެފައި ވަނީ، ޝާހިދު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށް.

އިތުރަށް ކިޔާ
ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމުގައި ދަތިވެ، ފުޅިއަށް އަޅާ މިންވަރު ބަދަލުކުރަނީ

ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމުގައި ދަތިވެ، ފުޅިއަށް އަޅާ މިންވަރު ބަދަލުކުރަނީ

ފުޅިތަކަށް އަޅާ މިންވަރަށް ބަދަލު ގެނައި ނަމަވެސް، ގޭހުގެ އަސްލު އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ކަސްޓަމަރުން އަތުން ފައިސާ ނަގާނީ މިހާރު ވެސް ކި ލޯއަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް މޯލްޑިވްސް ގޭސް އިން ފާހަގަކުރި.

އިތުރަށް ކިޔާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖޭއެސްސީ އިން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށް.

އިތުރަށް ކިޔާ
ޑިސެމްބަރު 1 އިން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކޮށްދޭން ޖޭއެސްސީ އިން ނިންމައިފި

ޑިސެމްބަރު 1 އިން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކޮށްދޭން ޖޭއެސްސީ އިން ނިންމައިފި

މިއްލަފުޅަށް ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނެ، ޖޭއެސްސީ އިން މިހާރު ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ރިޓަޔާ ކޮށްދޭން ނިންމާފައި.

އިތުރަށް ކިޔާ
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން އައްޑޫ އަށް ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި

ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން އައްޑޫ އަށް ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި

ސްޓެލްކޯ އިން ބުނީ އެ ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމާއެކު، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް.

އިތުރަށް ކިޔާ
ޚިދުމަތް ރަނގަޅު ކުރުމަށް، ކުޅުދުއްފުށީގައި 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުން ކުރަން ފަށައިފި

ޚިދުމަތް ރަނގަޅު ކުރުމަށް، ކުޅުދުއްފުށީގައި 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުން ކުރަން ފަށައިފި

މި އައު ޖަނަރޭޓަރު ސެޓާއެކު ރަށުގެ ކަރަންޓު ވިއުގަ އަށް އިތުރު ފުރިހަމަ ކަމެއް ލިބި، ރައްޔިތުންނަށް މެދު ކެނޑުމެއް ނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވޭ.

އިތުރަށް ކިޔާ
ނ.އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ނ.އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ސްޓެލްކޯ އިން ބުނީ، އެ އަތޮޅުގައި ދެމުންދާ ޚިދުމަތް ތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑު ތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން އަންނަ ކަމަށް.

އިތުރަށް ކިޔާ
ބަދަހި ގުޅުމެއް ޤާއިމުކުރުމަށް ކޮމަންވެލްތުގެ ޤައުމު ތަކުން ކުރަންޖެހޭ މުހިންމު ތިން ކަމެއް ނައިބު ރައީސް ފާހަގަ ކުރައްވައިފި

ބަދަހި ގުޅުމެއް ޤާއިމުކުރުމަށް ކޮމަންވެލްތުގެ ޤައުމު ތަކުން ކުރަންޖެހޭ މުހިންމު ތިން ކަމެއް ނައިބު ރައީސް ފާހަގަ ކުރައްވައިފި

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިސްކަންދޭންޖެހޭ ތިން ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ބާރުވެރިކަން ރައްޔިތުންނަށް ހޯދައި ދިނުމާއި، ޤައުމީ މަޤުސަދުތަކަށް އިހުތިރާމްކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ބާރުއެޅުމުގެ އިތުރުން، ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން.

އިތުރަށް ކިޔާ
އިތުބާރު އޮތް ކަމަށް ފާސްވުމުން ސާބިތުވަނީ، ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ޔަޤީންކަން: މިނިސްޓަރު ސައީދު

އިތުބާރު އޮތް ކަމަށް ފާސްވުމުން ސާބިތުވަނީ، ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ޔަޤީންކަން: މިނިސްޓަރު ސައީދު

ރައްޔިތުންގެ މަޖިލީހުން މިނިސްޓަރު ސައީދު އަށް އިތުބާރު އޮތް ކަމަށް ފާސްކުރުމުން އަންގައިދެނީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރަށް، ދުރުވިސްނޭ ހިކުމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ކަށަވަރުވުން ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި.

އިތުރަށް ކިޔާ
އިކޮނޮމިކް މިނިސްޓަރުގެ މަޤާމު އޮތްހާ ހިނދަކު، މިނިސްޓަރު ސައީދު ތާ އަބަދަށް އެ މަޤާމުގައި ބަހައްޓަން ޖެހޭ: ޝާހިދު

އިކޮނޮމިކް މިނިސްޓަރުގެ މަޤާމު އޮތްހާ ހިނދަކު، މިނިސްޓަރު ސައީދު ތާ އަބަދަށް އެ މަޤާމުގައި ބަހައްޓަން ޖެހޭ: ޝާހިދު

ޝާޑު ވިދާޅުވީ އެ މަޤާމުގައި މިނިސްޓަރު ސައީދު ބަހައްޓަން ޖެހޭ ސަބަބަކީ އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށް ކުރިއެރުން ހޯދަން ކަމަށާއި، އަޅުގަނޑުމެން ބޭނުން ވަނީ ޤައުމަށް ޑޮލަރު ހޯދައި އިޤްތިޞާދު ފުޅާކުރަން ކަމަށްވާއިރު، އެކަންކަން ކުރުމަށް އެންމެ ޤާބިލު މީހަކީ މިނިސްޓަރު ސައީދު ކަމަށް ވާތީ.

އިތުރަށް ކިޔާ
އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މަލަމަތި އޮތީ ދަރަނިވެރިވެ، ބަނގުރޫޓުވާ ގޮތަށް: މިނިސްޓަރު ސައީދު

އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މަލަމަތި އޮތީ ދަރަނިވެރިވެ، ބަނގުރޫޓުވާ ގޮތަށް: މިނިސްޓަރު ސައީދު

މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވިޔަ ނުދީ، އެމްޑީޕީ އިން ކުރިން ގެނައި ނަމާން މަލަމަތި ސަލާމަތްކޮށް، ވިޔަފާރިތަކާއި، ރައްޔިތުންގެ ތަމައްދުން އަދި ތަރައްޤީ އަށްޓަކައި ދަތި ޙާލުގައި ވެސް 100 އިންސައްތަ ކުރިއެރުން މި ސަރުކާރުން ހޯދާފައިވާ ކަމަށް.

އިތުރަށް ކިޔާ
އަދަދުތަކުން މިނިސްޓަރު ސައީދު ސާފުކޮށްދެއްވީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރަން ސަރުކާރުން ކޮށްފައިވާ މަސައްކަތް!

އަދަދުތަކުން މިނިސްޓަރު ސައީދު ސާފުކޮށްދެއްވީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރަން ސަރުކާރުން ކޮށްފައިވާ މަސައްކަތް!

މިނިސްޓަރު ސައީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޓީޓީގެ ޚިދުމަތާއި، ތައުލީމާއި، ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުން، ޞިއްޙީ ކަންކަމުގެ އިތުރުން ޙައްޖާއި އުމުރާގެ ކަންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކޮށްފައިވާ އަދަދު ތަކާއި، ރައީސް މުޢިއްޒުގެ ސަރުކާރުގެ މިވީ ތިން އަހަރުގައި ދޫކޮށްފައިވާ އަދަދުތައް ސާފުކޮށްދެއްވާފައި.

އިތުރަށް ކިޔާ
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި

އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އަދި އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމު ތަކުގެ ވަފުދުތައް ބައިވެރިވެ ވަޑައިގެންނެވި.

އިތުރަށް ކިޔާ