ޚިދުމަތް ރަނގަޅު ކުރުމަށް، ކުޅުދުއްފުށީގައި 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުން ކުރަން ފަށައިފި
ލިޔުންތެރިޔާ
ކުޅުދުއްފުށި ސިޓީގައި ބެހެއްޓި އައި ޖަނަރޭޓަރު ސެޓު.
ހދ. ކުޅުދުއްފުށި ސިޓީގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އައު ޖަނަރޭޓަރު ސެޓެއް ބަހައްޓައި، ބޭނުން ކުރަން ފަށައިފި އެވެ.
ސްޓެލްކޯ އިން ބުނީ ކުޅުދުއްފުށީގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، އެ ހިދުމަތުގެ ޔަޤީންކަން އިތުރު ކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލް ކުރެވުނު 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ކާމިޔާބުކަމާއެކު މިހާރު ވަނީ ބޭނުންކުރަން ފެށިފައި ކަމަށެވެ.
އަދި މި އައު ޖަނަރޭޓަރު ސެޓާއެކު ރަށުގެ ކަރަންޓު ވިއުގަ އަށް އިތުރު ފުރިހަމަ ކަމެއް ލިބި، ރައްޔިތުންނަށް މެދު ކެނޑުމެއް ނެތި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި މި ޚިދުމަތް ދޭނީ ސްޓެލްކޯ އިންނެވެ. ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކަށް ވެފައި ވަނީ، ރާއްޖޭގެ ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއި ފަސޭހަ ކަމެއް ހޯދައި ދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް