Article Top
ޚަބަރު •

ނ.އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނ.އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ނ،އަތޮޅުގެ ރަށެއްގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވުމުގެ ގޮތުން ސްޓެލްކޯ އިން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގެ ތެރެއިން.

ނ.އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ، ނ.އަތޮޅުގެ ރަށް ތަކުގައި ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތަކާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށް ތަކުގައި ޔުޓިލިޓީގެ ޚިދުމަތް ދެމުން އަންނަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައި އެވެ.

ސްޓެލްކޯ އިން ބުނީ، އެ އަތޮޅުގައި ދެމުންދާ ޚިދުމަތް ތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑު ތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ކޮށްދިނުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ ފެނަކަ ކުންފުނި އުވާލުމަށް ފަހު، އެ ކުންފުނީގެ ދަށުން ކުރަމުން އައި ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށެވެ. އެއާ އެކު، ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޔުޓިލިޓީގެ ޚިދުމަތް ދިނުމާ ރަސްމީކޮށް ހަވާލުވަމުންނެވެ. އެ މަސައްކަތް ކުރުމަށް ސްޓެލްކޯގެ އިސްވެރިން އަންނަނީ ރަށް ރަށަށް ދަތުރުތައް ވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް