Article Top
ޚަބަރު •

ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން އައްޑޫ އަށް ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން އައްޑޫ އަށް ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި

ސްޓެލްކޯ އިން އައްޑޫ އަށް ގެންދިޔަ ދެ ޖަނަރޭޓަރު ސެޓު.

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ސްޓެލްކޯ އިން އެ ސިޓީ އަށް ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފި އެވެ.

ސްޓެލްކޯ އިން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެފައި އެވެ. އޭގެ ފަހުން އެ ކުންފުނިން އަންނަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސްޓެލްކޯ އިން ބުނީ އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އެކުންފުނިން ދޭން ފެށުމަށް ފަހު، އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓު މިއަދު އައްޑޫ ސިޓީ އަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ އެ ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމާއެކު، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

ސްޓެލްކޯ އިން އަންނަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތާ ހަވާލުވުމަށް މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް