ގިރާވަޅުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް، 115 ހެކްޓަރު ހިއްކައިފި
ލިޔުންތެރިޔާ
ގިރާވަރު ފަޅުގެ ބިން ހިއްކަނީ -- ފޮޓޯ/ އެމްއޭސީއެލް
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން 115 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކައިފައިވާކަމަށް އެ މަސައްކަތާ ހަވާލުވި އެމްއޭސީއެލްއިން ބުނެފިއެވެ.
އެ ކުންފުނިން ރޭ ސޯޝަލް މީޑިއާގައިކުރި ޕޯސްޓެއްގައި ބުނީ ހަލުވި ދުވެލީގައި ގިރާވަރު ފަޅުހިއްކުމުގެ މަސައްކަތް ކުރާކަމަށެވެ.
އެގޮތުން 67.15 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ އެ ފަޅުގެ 115 ހެކްޓަރު ހިއްކައިނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ފަޅު ހިއްކުމުގެ 69 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024 ގައި ހުޅުވާލިއެވެ.
އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް