Article Top
ޚަބަރު •

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: މިހާތަނަށް 2.4 މިލިއަން ގަސް އިންދައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: މިހާތަނަށް 2.4 މިލިއަން ގަސް އިންދައިފި

ފަސް މިލިއަން ގަސް އިންދުމުގެ ޙަރަކާތުގައި ރައީސް މުޢިއްޒު ގަހެއް އިންދަވަނީ.

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް 2.4 މިލިއަން ގަސް އިންދައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު ތަކުގައި ބުނެފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 2،463،339 (ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަށް ތިން ހާސް، ތިން ސަތޭކަ ތިރީސް ނުވަ) ގަސް އިންދައިފަ އެވެ.

Advertisement
Article Inside

އެ މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގައި ރާއްޖޭގެ ރިސޯޓުތަކާއި، ރަށްތަކާއި ސިޓީތަކުގެ ކައުންސިލާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސްކޫލްތަކާއި، ޕްރައިވެޓް ސެކްޓާ އާއި، ޖަމިއްޔާ ޖަމާއަތްތައް އަދި ގެސްޓް ހައުސްތަކުން ވެސް ވަނީ ބައިވެރިވެފައި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ގަސް އިންދާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. މީގެ އިތުރުން ވެމްކޯ އާއި، ސްޓެލްކޯ އާއި، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް