Article Top
ޚަބަރު •

މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

މަހިބަދޫ ނަރުދަމާގެ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އދ.މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މިނިސްޓަރު އަލީ ޝަރީފް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ނާޒިރު އެވެ.

Advertisement
Article Inside

އެންވަޔަރަމެންޓް މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މަހިބަދޫގެ ނަރުދަމާގެ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލު ކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 21،572،640.09 (އެކާވީސް މިލިއަން ފަސް ލައްކަ ހަތްދިހަ ދެ ހާސް، ހަ ސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި)ގެ މަސައްކަތެކެވެ،

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، މަހިބަދޫ އަކީ އާބާދީގެ ގޮތުން ވެސް ބޮޑު ރަށެއް ކަަމަށާއި، އެ ރަށުގައި އޮތީ ވަރަށް ދުވަސްވެފައި އޮތް ނަރުދަމާގެ ނިޒާމެއް ކަމަށެވެ. މަހިބަދޫގެ އިތުރުން، ގިނަ ދުވަސް ވެފައިވާ އެހެން ރަށް ރަށުގެ ނަރުދަމާގެ ނިޒާމު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް