Article Top
ޚަބަރު •

119 މަސްވެރިއަކަށް، 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

119 މަސްވެރިއަކަށް، 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މަސްވެރިކަމުގެ މަސައްކަތުގައި މަސްވެރިއަކު ހަރަކާތްތެރިވާ މަންޒަރު.

119 މަސްވެރިއަކަަށް މިހާތަނަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ސަރުކާރުން މަސްވެރިންގެ ރަސްމީ ދަފުތަރެއް ޤާއިމުކޮށްފައިވާއިރު، ދެ ދަފުތަރުގައި ހިމެނޭ މަސްވެރިންނަށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

Advertisement
Article Inside

ފިޝަރީޒް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަކަށް، 119 މަސްވެރިއަކަށް ވަނީ 15 މިލިއަން ދިވެހި ރުފިޔާގެ ލޯނު ދޫކޮށްފައި އެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން، މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި އެވެ. އެއީ މަސްވެރިންނަށް ފަސޭހަ އިން ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.

މަސްވެރިންނަށް ދޫކުރާ ލޯނުގެ ތެރެއިން ގެދޮރު އިމާރާތް ކުރުމާއި، މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ގަތުމާއި، ނުވަތަ އެ ތަކެތި އައު ކުރުން އަދި ދަރިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުން ހިމެނެ އެވެ. މީގެ އިތުރުން އެހެނިހެން މަސައްކަތްތަަކަށް ވެސް އެ ފައިސާ ބޭނުން ކުރުމުގެ ފުރުސަތު އޮވެ އެވެ.

މަސްވެރިންނަށް ލޯނު ދޫކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ "މަސްވެރިޔާ ޕޯޓަލް" އިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް