Article Top
ޚަބަރު •

ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ، ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ، ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ އަޔާޒް ޞާދިޤު، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ ތެރެއިން.

ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ އަޔާޒް ޞާދިޤު، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސްޕީކާ އަޔާޒް ޞާދިޤު، ރައީސް މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވީ މިހާރު އެމަނިކުފާނު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement
Article Inside

އެ ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ އަރިހުގައި ދިވެހި ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރުންނާއި، ރައީސް އޮފީހުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި، ހޯމް މިނިސްޓަރު އަލީ އިޙުސާން އާއި، ހެލްތު މިނިސްޓަރު ޤީލާ އަލީ އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި އެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު އާއި، ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ ސަޕީކާ އަޔާޒް ޞާދިޤު ވަނީ މަޝްވަރާތައް ކުރައްވައިފަ އެވެ. އެގޮތުން އެ ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ މަސްލަހަތު ހުރި ކަންކަމުގައި ޚިޔާލު ބަދަލު ކުރައްވައި، ދެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރެވޭނެ މަގުތައް ހޯދުމަށް ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 އެމްއޯޔޫއެއްގައި ވަނީ ސޮއި ކޮށްފައި އެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި، އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް