Article Top
ކުޅިވަރު •

ހުރިހާ މެޗަކުން މޮޅުވެގެން ސިފައިން ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހުރިހާ މެޗަކުން މޮޅުވެގެން ސިފައިން ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަން ޑީއެސްސީ -- ފޮޓޯ/ވީއޭއެމް

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފުރިހަމަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގައުމީ ވޮލީ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު ފަހު މެޗުގައި އެޗްޑީސީއާ ދެކޮޅަށް ނުކުމެ، ސިފައިން ވަނީ ފަހަތުން އަރައި 1-3 ސެޓުން މޮޅުވެފަ އެވެ.

Advertisement
Article Inside

މެޗުގެ ފުރަތަމަ ސެޓު 24-26 އިން އެޗްޑީސީން ހޯދި ނަމަވެސް، ޖެހިގެން އައި ތިން ސެޓު 25-16، 26-24 އަދި 25-21 އިން ކާމިޔާބުކޮށް ސިފައިން ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސިފައިންގެ ހުސައިން ރައްޒާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ އަހުމަދު އިލްހާމް އަލީ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ސިފައިންގެ ޓީމުގެ ރައްޒާންގެ އިތުރުން އާދަމް ނަސީމް (އެޑަމް)، އާދަމް ފައިރޫޒް، ހުސެއިން ޝާހިދު (ޝާޑު)، ޕޮލިސް ކްލަބްގެ މުހައްމަދު ނައީމް (ނައިންޓޭ)، އަހުމަދު ނާފިއު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. 

ފަސް ޓީމު ވާދަކުރި މި ލީގުގެ ރަނަރަޕަކީ ޕޮލިސް ކުލަބެވެ. ތިންވަނަ ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީއަށެވެ. ހަތަރުވަނައިގައި އެމްޓީސީސީ ނިންމާލިއިރު ލަޔަންސް ރެކްރިއޭޝަން ކްލަބް ނިންމާލީ އެންމެ ފަހަތުންނެވެ.

ގައުމީ ލީގުގެ ގަދަ ހަތަރު ޓީމު، ކުރިއަށް އޮތް ގައުމީމުބާރާތުގައި ވާދަކުރާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް