ބްރޯންޒް މެޗުން ވެސް ރާއްޖެއަށް ނާކާމިޔާބު
ލިޔުންތެރިޔާ
ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ހޭންޓްބޯލް ފްޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026 އޭޝިއާ ޒޯން 2 ގެ ތިންވަނަ ހޮވަން ކުޅުނު ބްރޯންޒް މެޗުން ވެސް ދިވެހިރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ބަލިވެއްޖެ އެވެ.
ހަތަރު ގައުމު ވާދަކުރާ މި ޒޯންގައި ރާއްޖޭގެ އިތުރުން ހިމެނުނީ މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި އިންޑިއާ އަދި ނޭޕާލެވެ. ރާއްޖެ ވަނީ ރައުންޑް ރޮބިން އުސޫލުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު ފައިނަލް މެޗާއި ބްރޯންޒް މެޑަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ބްރޯންޒް މެޗުގައި ރާއްޖެ އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅެ ބަލިވީ 27-15 އިންނެވެ.
ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އާމިނަތު ޝޫޒާ، ފާތިމަތު އަރުޝާ، ޒުހާ ހުސެއިން، ފާތިމަތު ޖުނާ އަދި އާމިނަތު ޝަފާ އެވެ. އަރުޝާ ފަސް ގޯލު ކާމިޔާބު ކުރި އިރު ޖުނާ ހަތަރު ގޯލު، ޝޫޒާ ތިން ގޯލު އަދި ޝަފާ ދެ ގޯލު ކާމިޔާބު ކޮށްފައިވެ އެވެ.
މުބާރާތުގެ ފައިނަލްގައި މިއަދު އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް