Article Top
ޚަބަރު •

ސިވިލް ކޯޓުގެ ޤާޟީ އިޙުސާން އިސްތިއުފާ ދެއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސިވިލް ކޯޓުގެ ޤާޟީ އިޙުސާން އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީގެ މަޤާމުން އިސްތިއުފާ ދެއްވި އަލްއުސްތާޛް ޢަބްދުﷲ އިޙުސާން.

ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢަބްދުﷲ އިޙުސާން މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޤާޟީގެ މަޤާމުން އިޙުސާން އިސްތިއުފާ ދެއްވާފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކަށަވަރު ކޮށްދީފައި އެވެ. ޖޭއެސްސީ އިން ބުނެފައި ވަނީ އިޙުސާންގެ އިސްތިއުފާގެ ސިޓީ ކޮމިޝަން އަށް ހުށަހަޅާފައި ވަނީ ބުދަ ދުވަހު ކަމަށެވެ. އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ދުވަހުން ފެށިގެން އިޙުސާން މަޤާމުން ވަކިވާނެ އެވެ.

Advertisement
Article Inside

ސިވިލް ކޯޓުގެ ޤާޟީގެ މަޤާމުން އިޙުސާން އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީ އިން ތަޙުގީގު ކުރަމުން އަންނަނިކޮށެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޖޭއެސްސީ އިން އިޙުސާން ސަސްޕެންޑު ވެސް ކުރި އެވެ.

އެކި އެކި މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޙުސާން މަޤާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، އޭނާ ވަކިކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް