Article Top
ޚަބަރު •

ރައީސް މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާންގެ ބޮޑު ވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާންގެ ބޮޑު ވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ބުދަ ދުވަހުގެ މެންދުރު އޮތް މި ފަރިއްކޮޅުގައި ދިވެހިރާއްޖެ އާއި ޕާކިސްތާން ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރުންނާއި، އެހެނިހެން އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement
Article Inside

ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެބިނެޓުގެ ފަސް މިނިސްޓަރުން އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި، ހޯމް މިނިސްޓަރު އަލީ އިޙުސާން އާއި ހެލްތު މިނިސްޓަރު ޤީލާ އަލީ އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވެސް ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ފަރިއްކޮޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ. އަދި ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި އެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ރައީސް މުޢިއްޒު އެ ޤައުމަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ރޭ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާން އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުޢިއްޒު ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް