Article Top
ޚަބަރު •

މަޝްވަރާތަކަށްފަހު، ކުރިއަށް އޮތީ އެއްބަސްވުންތައް ފުރިހަމަކޮށް އެއިން ނަތީޖާ ނެރުން: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަޝްވަރާތަކަށްފަހު، ކުރިއަށް އޮތީ އެއްބަސްވުންތައް ފުރިހަމަކޮށް އެއިން ނަތީޖާ ނެރުން: ރައީސް

ރައީސް ޑރ. މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތީ އެއްބަސްވުންތައް ފުރިހަމަކޮށް އެއިން ނަތީޖާ ނެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ.

Advertisement
Article Inside

މި ބައްދަލުވުމުގައި، މި ބައްދަލުވުމުގައި، ރައީސް ވަނީ ފާއިތުވި 60 އަހަރުގެ ދެގައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފަ އެވެ.

އެގޮތުން، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނާއި، އިހުތިރާމްކުރުމުގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، 10އަހަރަށްފަހު، ކުރައްވާ މި ދަތުރުފުޅަކީ ކުރީގެ ގުޅުންތައް އައުކޮށް، ކުރިމަގުގައި ދެގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމަށް އެއްބަސްވެވިގެންދާނޭ ގުޅުމެއް ގާއިމްކުރެވޭ ދަތުރުފުޅަކަށްވެގެންދާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ، ތައުލީމީ، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުން، ފަންނުވެރިކަން، އިސްލާމީ އެފެއާޒް، ފަތުރުވެރިކަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ފުލުހުންގެ ހިދުމަތް، އަދި ދިފާއީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކަކީ އޭގެ ސަބަބުން، އެތައް ދާއިރާއަކުން ދެގައުމުގެ ގުޅުން ހަރުދަނާކުރުމަށް ހުޅުވިގެންދާ ފުރުސަތުތަކެއް ކަމަށެވެ. އަދި، ކުރިއަށް އޮތީ މިއެއްބަސްވުންތައް ފުރިހަމަކޮށް، އެއިން ނަތީޖާ ނެރުންކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި، ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ދެއަހަރުގެ ތެރޭގައި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް ކަމަށާއި ދެގައުމަކީ ބޭނުންހިފިފައި ނުވާ ފުރުސަތުތަކެއް ހުރި ދެގައުމުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ވުނަކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ދެގައުމުގެ މެދުގައި ސީދާ ފްލައިޓްތައް ތައާރަފްކުރުމުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް