Article Top
ޚަބަރު •

ފަސްޓް ލޭޑީ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީއަށް ޒިޔާރަތްކުރައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފަސްޓް ލޭޑީ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީއަށް ޒިޔާރަތްކުރައްވައިފި

ފަސްޓް ލޭޑީ ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement
Article Inside

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވައިލައްވައި އެ ޤައުމުން ބޭސް ރެގިއުލޭޓް ކުރާގޮތް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން މި ޒިޔާރަތުގައި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ، 2012 ވަނަ އަހަރުގެ ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ. އިސްލާމްއާބާދުގައި ހުންނަ މި އިދާރާއަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި، މެޑިކަލް ވަސީލަތްތަކާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް އެ ޤައުމުގައި ދޭ ފަރުވާތަކާއި އެ ފަރުވާތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބަލަހައްޓާ އިދާރާއެކެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ފަސްޓް ލޭޑީ ވަނީ، ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އަދި ސިއްހީ ދާއިރާއިން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ ދިރާސާތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް