ތިން ބާރުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ލިޔުންތެރިޔާ
ހަސަން ޒިހާން ---
ދައުލަތުގެ ތިން ބާރު ހިންގަމުން އަންނަ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް ޙަސަން ޒިހާންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިއަދު ފުވައްމުލަށް މެޖިސްޓްރޭޓު ކޯޓުން އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކުރިއަަށް ގެންދިޔަ މައްސަލައިގައި ނިންމައިފައިވަނީ ޒިހާންގެ ބަންދަށް 15 ދުވަސްޖަހައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.
ހާން ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމްގެ މައްސަލައިގައި އެވެ. އެއީ އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ހުޅު ޖަހަން ހިތްވަރު ދީފައިވާތީ ރޭގެ ވަގުތެއްގައެވެ.
އިއްޔެ ޒިހާން އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ އިމާރާތުގަައި ހުޅު ޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ އެވެ. އެއާ އެކު އެ ޕޯސްޓުގައި ޒިހާން ބުނެފައި ވަނީ. ދައުލަތުގެ ތިން ބާރު ހިންގަމުން އަންނަ އިމާރާތްތަކުގައި އަލިފާން ޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށެވެ
ޒިހާން ވަނީ މީގެ ކުރިން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓްގައި މަސައްކަތް ކޮށްފައި އެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް