ފަސްޓް ލޭޑީ، ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަށް ޒިޔާރަތް ކުރައްވައިފި
ލިޔުންތެރިޔާ
ފަސްޓް ލޭޑީ ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެކަމަނާ މިއިންސްޓިޓިއުޓަށް ޒިޔާރަތްކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އެ ގައުމަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ފަސްޓް ލޭޑީ ވަނީ، ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އަދި ސިއްހީ ދާއިރާއިން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ ދިރާސާތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފަ އެވެ.
ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަކީ، އެ ގައުމުގެ ސިއްހީ ދާއިރާގެ އެންމެ އިސް މުއައްސަސާ އެވެ. 1965ގައި ހުޅުވި މި މަރުކަޒުގައި އެ ގައުމުގައި ބަލިތައް ފެތުރޭ މިންވަރު ބެލުމާއި، ވެކްސިން އުފެއްދުމާއި، ބަލިތައް ދެނެގަތުމުގެ ހިދުމަތް ދިނުމާއި، ސިއްހީ ދާއިރާއިން ދިރާސާކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް