Article Top
ޚަބަރު •

ކަނޑުތައް ގަދަވާނެތީ ދިފާއީ ބާރުން ވެސް ސަމާލުވާން އެދިއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކަނޑުތައް ގަދަވާނެތީ ދިފާއީ ބާރުން ވެސް ސަމާލުވާން އެދިއްޖެ

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ --- ފޮޓޯ/ ސަން

ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް ގައުމީ ދިފައީ ބާރުން ވެސް އިލްތިމާސްކޮށްފިއެވެ.

ގައުމީ ދިފާއީ ބާރުން ނެރުނު ސަމާލުގައި އެދިފައިވަނީ ކަނޑުދަތުރުކުރާނަމަ އަނގަން ޖެހޭ ފަރާތްތަކަށް އަންގައިފައި ނޫނީ ދަތުރުނުކުރުމަށެވެ.

Advertisement
Article Inside

އެ ބާރުން ބުނީ ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރެއްވުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ކޮށްގެން ދަތުރުނުކުރުމަށް އެދޭކަމަށެވެ.

މީގެ އިތުރުން ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށް ވެސް ދިފައީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ޑައިވިން އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އިލްތިމާސްކުރާކަމަށް ދިފާއީ ބާރުން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ މިއަދު މޫސުން ވަރަށް ގޯސްވާނެކަމަށް ރީނދޫ ސަމާލު ނެރެފައެވެ.

އެ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށެވެ.

އެއާއެކު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް