Article Top
ލައިފްސްޓައިލް •

މޫސުން ވަރަށް ގޯސް، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މޫސުން ވަރަށް ގޯސް، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ވިއްސާރައިގައި ބަޔަކު ދަތުރުކުރަނީ -- ފޮޓޯ/ ސަން

މޫސުން ގޯސްވެ، ވިލާގަނޑުގައި ގަދައަށް ވައިޖެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

Advertisement
Article Inside

އެއާއެކު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ވަގުތުތަކުގައި ވިއްސާރަކޮށް، ބޯކޮށް ވާރޭވެހެމުން އަންނައިރު، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް