Article Top
ޚަބަރު •

ދައުލަތުގެ ތިން ބާރުގައި ހުޅުޖަން ގޮވާލި ޒިހާން ހައްޔަރު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދައުލަތުގެ ތިން ބާރުގައި ހުޅުޖަން ގޮވާލި ޒިހާން ހައްޔަރު ކޮށްފި

ހަސަން ޒިހާން.

ދައުލަތުގެ ތިން ބާރު ހިންގަމުން އަންނަ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް ޙަސަން ޒިހާން ހައްޔަރުކޮށްފި އެވެ.

ޒިހާން ހައްޔަރުކޮށްފައި ވަނީ ޓެރަރިޒަމްގެ މައްސަލައިގައި އެވެ. އެއީ އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ހުޅު ޖަހަން ހިތްވަރު ދީފައިވާތީ އެވެ.

Advertisement
Article Inside

ޒިހާން އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ އިމާރާތުގަައި ހުޅު ޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ އެވެ. އެއާ އެކު އެ ޕޯސްޓުގައި ޒިހާން ބުނެފައި ވަނީ. ދައުލަތުގެ ތިން ބާރު ހިންގަމުން އަންނަ އިމާރާތްތަކުގައި އަލިފާން ޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށެވެ

ޒިހާން ވަނީ މީގެ ކުރިން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓްގައި މަސައްކަތް ކޮށްފައި އެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް