ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
ލިޔުންތެރިޔާ
ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް އައްޔަނުކުރި މެންބަރުން --
ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި، ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މ. އަހުލިހަ މުހައްމަދު އަރީޝް އެވެ. އޭނާ އަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެވެ. އެންމެ ފަހުން އޮތް އިންތިހާބުގައި ވާދަކުރި ނަމަވެސް ބޮޑު ތަފާތަކުން އޭނާ ވަނީ ނާކާމިޔާބުވެފައެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގ. މާޅިކަ އަހްމަދު އިމްދާހް މުހައްމަދުއެވެ. އަދި ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ އިސްމާއީލް ފަރުހާދު އަހްމަދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް