Article Top
ޚަބަރު •

21 ބަޑީގެ ސަލާމާއެކު، ރައީސްގެ ދެކަނބަލުންނަށް ޕާކިސްތާނުން ރަތް ދޫލައިގެ މަރުޙަބާއެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

21 ބަޑީގެ ސަލާމާއެކު، ރައީސްގެ ދެކަނބަލުންނަށް ޕާކިސްތާނުން ރަތް ދޫލައިގެ މަރުޙަބާއެއް

ޕާކިސްތާނަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުން --

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާން އަށް ވަޑައިގެންނެވުމުން އެ ޤައުމުން ހޫނު މަަރުހަބާއެއް ދަންނަވައިފި އެވެ.

މިރޭ އިސްލާމްއާބާދް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައިވަނީ ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންނެވެ.

Advertisement
Article Inside

ރައީސްއަށް މަރުހަބާ ދެއްނުވެވުމަށް ޕާކިސްތާނުން ވަނީ 21 ބަޑީގެ ސަލާމެއް ވެސް އަރުވައިފައެވެ

އަންގާރަ ދުވަހު ރައީސްގެ ދެކަނބަލުން ޕާކިސްތާން އަށް ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ، 10 އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި އެ ޤައުމުގެ ބޮޑު ވަޒީރު ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ޤައުމަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމާއި، އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ.

މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.

ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް