Article Top
ކުޅިވަރު •

ދިރާގު ރޯޑް ރޭސް، ވޯލްޑް އެތުލެޓިކްސް ރޭންކިން މުބާރާތެއްގެ ގޮތުގައި ކަނޑައަޅައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ދިރާގު ރޯޑް ރޭސް، ވޯލްޑް އެތުލެޓިކްސް ރޭންކިން މުބާރާތެއްގެ ގޮތުގައި ކަނޑައަޅައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޭސް (ޑީއެމްއާރްއާރް) ރަސްމީކޮށް 'ވޯލްޑް އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން' އެއް ގޮތުގައި ކަނޑައަޅައިފި އެވެ.

މި ނިންމުމާއެކު، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ. ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ދުވުމެވެ.

Advertisement
Article Inside

މި މުބާރާތް ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވޭ މުބާރާތަކަށް ވުމަކީ ރާއްޖޭގެ ދުވުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ކޮމްޕެޓިޝަނެއް ގޮތުގައި ބަލައިގެންފައިވާކަން ދިރާގުން ވަނީ މި މަހުގެ ފަސްވަނަ ދުވަހު އާންމުކޮށް އިއުލާން ކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީ ކޮށްފައި ވާއިރު، މިއީ މި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ބައިވެރިވާ އަހަރެވެ. އާންމުންގެ ބޮޑު ތަރުހީބަކާ ގުޅިގެން އިތުރު ފުރުސަތުތަށް މިހާރު ހުޅުވާލައިފައި ވާއިރު، މި ދުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އަހަރުގެ މުބާރާތުގައި ހާފް މެރަތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފުކުރި ޓީމު ކެޓަގަރީތައް ހިމެނެ އެވެ. މިއީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްގެން، އެންޖީއޯތަކަށް ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ދީގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް