ރަސްމާލޭގެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރާނެ: ރައީސް
ލިޔުންތެރިޔާ
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރަސްމާލޭގައި ތަރައްގީކުރާ ވޯޓާ ފްރޮންޓް ޕްރޮޖެކްޓުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންހުރިކަން ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ މި މަޝްރޫޢާ ގުޅިގެން ހަގީގީ ކަންބޮޑުވުންތައް ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން، ނުވަތަ ޕްރޮޕަޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގައި ކުރެވޭ އިންވެސްޓްމަންޓުގެ ތެރެއިން ތަރައްޤީ ކުރެވޭ ތަންތަން ގަންނަ ފަރާތްތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވޭނެ ކަމަށެވެ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން ކަމަށާއި، އެހެން ފަރާތަކަށް ވިއްކާ ނަމަ އެކަން ކުރާނީ ދައުލަތުން ކަމަށް ވެސް ރައީސް މުޢިޢްޒު ވިދާޅުވ އެވެ.
އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ނުވަތަ ބާރުވެރިކަން އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ. އޮޓޯއިން އެ ތަންތަނުގެ އެއްބަސްވުން އައުވެ، އަނެއްކާ އިތުރު 99 އަހަރަށް ލިބޭނެ ކަހަލަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މޯލްޑިވްސް ވޯޓާ ފްރޮންޓް މަޝްރޫއަކީ ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރިނާާއެއްގެ އިތުރުން ހޮޓާތަކާއި، ލަގްޒަރީ ރެސިޑެންޓް ޓަވަރުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ވިޔަފާރި ކުރާނެ ޖާގަތައް ހިމެނޭ ސަހަރެއް ބިނާކުރުމުގެ މަޝްރޫއެކެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ދުބާއީގައި ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އީގަލް ހިލްސް އާއެކު ދިވެހި ސަރުކާރުން ޓާމްސް ޝީޓުގައި ސޮއިކޮށްފައި އެވެ.
ރަސްމާލެ އިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދޭއިރު، އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 10 އަހަރު ދުވަހުގެ ތެރޭގައި އެވެ.
އެ މަޝްރޫއު ނިމުމުން 18،000 އައު ވަޒީފާ އުފެދި އިތުރު 1 މިލިއަން ފަތުރުވެރިން ރާއްޖެ އަހަރު ގެނެވޭނެ ކަމަށް އަންދާޒާކުރެވެ އެވެ. މީގެ އިތުރުން އެ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅައިދިނުމަށް ވެސް ވަނީ އެއްބަސްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް