ރަސްމާލެ މަޝްރޫއާ މެދު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަނީ ޤައުމަށް ހެޔޮ ނޭދޭތީ: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
"ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވަނީ.
ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއާ މެދު ހަގީގަތް އޮޅޭ ގޮތަށް ރައްޔިތުންގެ ތެރޭގައި ވާހަކަ ދައްކަނީ، ޤައުމަށް ހެޔޮ ނޭދޭތީ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ގެނެސްދިން "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން އެކި ކަހަލަގެ ވާހަކަތައް ދައްކަމުން އަންނަ ކަަމަށެވެ. ކަންކަމުގެ މައުލޫމާތު ރަނގަޅަށް ނުލިބޭ ކަމަށް ވާ ނަމަ، ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮންނާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހަގީގީ ކަންބޮޑުވުންތަކެއް ވެސް ހުރެދާނެ އެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެކަމުގެ ފުރިހަމަ މައުލޫމާތު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ކަަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެހެން ނަމަވެސް، ހެޔޮ ނިޔަތެއް ނެތި، ޤައުމާ މެދު ރަނގަޅު ގޮތުގައި ނުވިސްނައި، އިޚުލާސްތެރިކަމެއް ނެތި، ސިޔާސީ ބޭނުމަށްޓަކައި ކަންކަން އޮޅުވާލައި އަދި ޤައުމަށް ހެޔޮ ގޮތް ގޮތް ބޭނުން ނުވާ ފަރާތްތަކުން ވެސް ދައްކާ ވާހަކަ ހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު އެ ކަންތައްތަކާ މެދު ރަނގަޅަށް ވިސްނައި، ހަގީގަތް އޮޅުން ފިލުވައި އަދި ޤައުމާ މެދު ރަނގަޅަށް ވިސްނާ ވިސްނުމުގައި ތިބި ރައްޔިތުންގެ ވެސް ސުވާލު ތަކެއް ހުރި ކަމަަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަަށް ގެންދަން އުޅޭ މަޝްރޫއާ ދެކޮޅަށް ގިނަ ވާހަކަ ތަކެއް ދައްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް