Article Top
ޚަބަރު •

އޮޑިޓް އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުން ފާސްކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޮޑިޓް އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ބައިވެރިވެ ވަޑައިގަންނަވަނީ.

އަންނަ އަހަރު އޮޑިޓާ ޖެނަރަލްގެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބަޖެޓު އޮޑިޓް އޮފީހަށް ދިނުމަށް ފާސްކޮށްފައި ވަނީ، 46 މެމްބަރުންގެ ވޯޓާ އެކު އެވެ.

Advertisement
Article Inside

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ހުށަހަޅާފައި ވަނީ 133،590،266 ރުފިޔާގެ ބެޖެޓެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ވަނީ އޮޑިޓް އޮފީހަށް އެ އަދަދަށް ބަޖެޓު ދިނުމަށް ފެންނަ ކަމަށް ނިންމައިފަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ އިދާރީ ހިންގުމާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ އާއި، ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އޮފީސް އިމާރާތުގެ މަސައްކަތަށް 43،5 މިލިއަން ރުފިޔާ އެވެ. މިއާއެކު، އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި އޮތީ 133 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފާހަގަކޮށްފައި އެވެ.

މިއަހަރަށް އޮޑިޓް އޮފީހަށް ކަނޑަ އަޅާފައި އޮތީ 134 މިލިއަން ރުފިޔާގެ ބަޖެޓަަކަށް ވާއިރު، މިހާތަނަށް ވަނީ 56.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައި އެވެ. އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގައި 45 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި އެވެ. މި ބަޖެޓުން އަހަރު ނިމޭއިރު 31 މިލިއަން ރުފިޔާ ބާކީވާއިރު، އަންނަ އަހަރުގެ ކަންކަން ރާވާފައި ވަނީ އެ ފައިސާ ހިމަނައިގެން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް