Article Top
ޚަބަރު •

ޗައިނާ އިން ރާއްޖެ އަށް 880 ސޯލާ މަގު ބައްތި ހަދިޔާ ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޗައިނާ އިން ރާއްޖެ އަށް 880 ސޯލާ މަގު ބައްތި ހަދިޔާ ކޮށްފި

ޗައިނާ އިން ރާއްޖެ އަށް ސޯލާ މަގު ބައްތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޗައިނާ އިން ދިވެހިރާއްޖެ އަށް 880 ސޯލާ މަގު ބައްތި ހަދިޔާ ކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް މި ސޯލާ މަގު ބައްތިތައް ހަދިޔާ ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުން ރާއްޖެ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.

Advertisement
Article Inside

މިއީ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން އެ ޤައުމުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ މަގު ބައްތި ތަކެކެވެ. މިއީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަމުން އަންނަ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ޗައިނާ އިން ދިން އެހީތެރިކަމެކެވެ.

ސޯލާ މަގު ބައްތިތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ސަފީރު ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވައިފަ އެވެ. ސަފީރު ވިދާޅުވީ ޗައިނާގެ ރައީސް އާއި، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމުގައި މަގު ބައްތި ހަދިކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ރާއްޖެ އިން އަންނަނީ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރަމުން އަންނަ މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގެ ތެރެއިން 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު މަތިކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް