ޓީސީ އެއްވެސް މެޗެއް ފަސޭހަކޮށް ނުލާނެ: އާތީ
ލިޔުންތެރިޔާ
ޓީސީ އިއްޔެ ދިއްދޫގައި ބޭއްވި ޕްރެކްޓިސްގައި -- ފޮޓޯ/އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު ވާދަކުރާ 10 ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމުތަކެއްކަން ފާހަގަކޮށް، ލީގުގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
މިއަދު ހަވީރު ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިފް ފާހަގަކުރި ގޮތުގައި، ޓީސީން ކޮންމެ މެޗަކަށްވެސް ނުކުންނާނީ އިދިކޮޅު ޓީމަށް ފުރިހަމައަށް އިހުތިރާމުކޮށް، ވާދަވެރިކޮށް ވިސްނައިގެންނެވެ.
އަޅުގަނޑުމެން ކޮންމެ މެޗަކަށްވެސް ނުކުންނާނީ އެކަން ދަނެގެން. ލީގުގައި މިހާރު ވާދަކުރާ 10 ޓީމަކީވެސް ވަރަށް ވަރުގަދަ ޓީމުތަކެއް.
ހަމައެއާއެކު، ރަށުން ބޭރުގައި ޓީމު ކޭމްޕުކޮށްގެން މެޗުތައް ކުޅެން ޖެހުމަކީ ކުޅުންތެރިންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން ބަދަހިވުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
މި ސީޒަނުގެ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ޓީސީއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އެއީ ރަށުން ބޭރުގައި ގދ. ގައްދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. ޓީސީއާއި ދިއްދޫ ބައްދަލުކުރާ މެޗު މިއަދު ހަވީރު 15:45 ގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް