Article Top
ކުޅިވަރު •

ތަޖުރިބާ މަދުވި ނަމަވެސް ބިސް ބުރުގެ ނަތީޖާތަކާ މެދު ނާދު ހިތްހަމަޖެހިފައި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ތަޖުރިބާ މަދުވި ނަމަވެސް ބިސް ބުރުގެ ނަތީޖާތަކާ މެދު ނާދު ހިތްހަމަޖެހިފައި

ޕްރެސް ކޮންފަރެންސްގައި ނާދު -- ފޮޓޯ/އެފްއޭއެމް

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބިސް ބުރު ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށްވެސް ނުކުންނަނީ އިދިކޮޅު ޓީމުގެ ފެންވަރަށް ބަލައި، ޗެލެންޖެއް ދިނުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މިރޭ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާދު ފާހަގަކުރި ގޮތުގައި، ޓީމުގެ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގެ ތަޖުރިބާ މަދުވެފައި ޒުވާންވުމުގެ ސަބަބުން ކުދިކުދި ގޯސްތަކެއް ހެދުނު ނަމަވެސް، މިހާތަނަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވިކްޓަރީ މެޗުން ބަލިވި ނަމަވެސް، މާޒިޔާއާ ދެކޮޅަށް ނުކުންނާނީ 90 މިނިޓަށް ފުރިހަމަ ސަމާލުކަންދީގެން، އެ ޓީމުގެ ލެވެލްއަށް ވިސްނައިގެން ކަމަށް އޭނާ ބުންޏެވެ.

Advertisement
Article Inside

އަޅުގަނޑުމެން ކޮންމެ ޓީމަކާ އެކީ ކުޅޭއިރު ވެސް އިންނާނެ ޗެލެންޖެއް. ކޮންމެ ވެސް ގޮތަކަށް ތައްޔާރުވާން. އެކި ޓީމުތާ މި ކުޅެން ޖެހެނީ އެކި ކަހަލަ ގޮތްގޮތަށް. މާޒިޔާއާ އެކު ވެސް ކުޅޭނީ އެ ޓީމުގެ ލެވަލް އަށް ބަލައިގެން.

ލީގު ތާވަލުގެ ފަސްވަނައިގައި އޮތް މާޒިޔާއާއި ހަވަނައިގައި އޮތް ބިސް ބުރުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. މާލީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގޮންޖެހުންތައް ހުރި ނަމަވެސް، ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުޅުންތެރިންނަށް ވިސްނައިދީގެން ލީގުގައި މިހާތަނަށް އެ ޓީމު ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ކަމަށް ނާދު ފާހަގަކުރި އެވެ.

މާޒިޔާއާއި ބިސް ބުރު ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް