މާދަމާ އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތު ސުކޫލުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދު ކުރަނީ
ލިޔުންތެރިޔާ
ސްކޫލު ކުދިންތަކެއް އިމްތިހާނު ހޯލުގައި.
މާދަމާ އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތު ސުކޫލުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ ހެނދުނު 09:15 އިން 10:30 އަށް، އައިޖީސީއެސްއީ އިނގިރޭސި ލިސްނިން އިމްތިހާނު ކުރިއަށް ދާނެތީ، އެ ވަގުތު ތަކުގައި މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރު ފަތުރަށް ބަންދު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ، އިމްތިހާނު ކުރިއަށްދާ ވަގުތު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ އަދި އެ ސަރަހައްދު ބޭނުންކުރާ އެންމެހާ ފަރާތްތަކުން، އިމާރާތް ކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި، ދަރިވަރުންނަށް ދަތިވާނެ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަަމަށެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރުމާ އެކު، ދިމާވާނެ ދަތިތަކަށް މައާފަށް ވެސް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް