Article Top
ޚަބަރު •

15 މެގަވޯޓުގެ ސޯލާ އެނާޖީ ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

15 މެގަވޯޓުގެ ސޯލާ އެނާޖީ ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް

15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމް ކުރަން ޗައިނާ ކުންފުންޏާ ހަވާލުކުރުން ---

ފަނަރަ މެގަވޮޓުގެ ސޯލާ އެނާޖީއާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލު ކުރުމުގެ ފަހުމުނާމާއެއްގައި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައި އެވެ.

Advertisement
Article Inside

މި އެމްއޯޔޫގައި އެންވަޔަރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ނައިބު ރައީސް ޑޮންގްޓިންގ ހޭއެވެ.

އެ އެއްބސްވުމުގައި ސޮއިކުރުމަށްފަހު އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ، އެ އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް