މަގު ހަދަން ސުނާމީ ބިނާ މައިޒާނުން ފެށިގެން ސޯޝަލް ސެންޓާރާ ހަމައަށް ބަންދުކޮށްފި
ލިޔުންތެރިޔާ
މަގު ހެދުމަށް ބަންދުކުރާ ސަރަހައްދު -- ފޮޓޯ/ ފުލުހުން
ބޮޑު ތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސުނާމީ ބިނާ މައިޒާނުން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ބޮޑުތަކުރުފާނުމަގު ބަންދުކޮށްފި އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޭ 12:00 އިން ފެށިގެން އެ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދު ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ވެސް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި އެވެ.
މި ބަދަލުގެ ސަބަބުން ދަތުރު ފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ދަނީ ހިންގަމުންނެވެ.
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެހެން ފަރުމާކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް