Article Top
ކުޅިވަރު •

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕް ފޯރީގައި ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕް ފޯރީގައި ކުރިއަށް

ޖޫނިއާ ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ބީއެމްއެލް

ނެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ބީއެމްއެލް 4 ވަނަ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕްސް ފެށިގެން ކުރިއަށް އެބަ ދެ އެވެ.

ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި މި މަހުގެ 16-24 އަށް ކުރިއަށްގެންދާ މުބާރާތުގައި 4 އުމުރުފުރާއަކުން ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް އަދި 17 އަހަރުންދަށެވެ.

Advertisement
Article Inside

އެގޮތުން ހުކުރު ދުވަހު ވަނީ ހުރިހާ އުމުރުފުރާއެއްގެ ކުޅުން ފަށައިފަ އެވެ.

މުބާރާތުގައި ވާދަކުރާ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކަކީ، ނެޓްކިޑްސް އޭ، ނެޓްކިޑްސް ބީ، ނެޓްކިޑްސް ސީ، ފިއޮންޓީ ސްޕޯޓްސް އެކަޑަމީ، ފިއޮންޓީ އޭ، ފިއޮންޓީ ބީ، ފިއޮންޓީ ސީ އަދި ނެޓްސްޓާ އެވެ.

ތޭރަ އަހަރުން ދަށުގެ އުމުރުފުރާގައި ހިމެނެނީ ނެޓްސްޓާ، އެން ސްޕޯޓްސް އެކަޑަމީ، ފިއޮންޓީ ސްޕޯޓްސް ކްލަބް، ފިއޮންޓީ ސްޕޯޓްސް އެކަޑަމީ، ފިއޮންޓީ އޭ، ފިއޮންޓީ ބީ، ނެޓާސް އޭ، ނެޓާސް ބީ އެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކަށް ބަލާއިރު އެން ސްޕޯޓްސް އެކަޑަމީ، ނެޓާސް ސީނިއާސް، ފިއޮންޓީ، ފިއޮންޓީ ސްޕޯޓްސް ކްލަބް، ފިއޮންޓީ ސްޕޯޓްސް އެކަޑަމީ ހިމެނެ އެވެ.

ސަތާރަ އަހަރުން ދަށުގެ ޓީމުތަކަކީ އެން ސްޕޯޓްސް އެކަޑަމީ، ފިއޮންޓީ ސްޕޯޓްސް އެކަޑަމީ އެވެ.

ހުރިހާ އުމުރުފުރާއެއްގެ ފައިނަމް މެޗުތައް އަންނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ކްލޯޒިން ސެރެމަނީ އޮންނާނީ އެ ރޭ ކުޅޭ 15 އަހަރުން ދަށުގެ ފައިނަލް މެޗަށް ފަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް