ސިފައިން ގޭގައި މަސައްކަތްކުރި ޒިހާން، ދައުލަތުގެ ތިން ބާރުގައި ހުޅުޖަހަން ބުނި މައްސަލަ ބަލަނީ
ލިޔުންތެރިޔާ
މީގެ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި، އަދި ފަހުން ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޒިހާާން.
ދިވެހި ދައުލަތުގެ ތިން ބާރުގައި އަލިފާން ޖެހުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މީގެ ކުރިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި މަސައްކަތް ކޮށްފައިވާ ޙަސަން ޒިހާން ހިތްވަރު ދީފި އެވެ.
ޒިހާން އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ އިމާރާތުގަައި ހުޅު ޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ އެވެ. އެއާ އެކު އެ ޕޯސްޓުގައި ޒިހާން ބުނެފައި ވަނީ. ދައުލަތުގެ ތިން ބާރު ހިންގަމުން އަންނަ އިމާރާތްތަކުގައި އަލިފާން ޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށެވެ.

ޒިހާންގެ މި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަދި ފާޑު ކިޔުން އޭނާ އަށް އަމާޒުވެފައިވާއިރު، މިއީ ރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ. އަދި އެތައް ބަޔަކު އަންނަނީ ޒިހާންގެ އެ މައްސަލަ ބެލުމަށް ވެސް ގޮވާލަމުންނެވެ. ޒިހާންގެ އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ރަސްމީކޮށް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ޒިހާން ވަނީ މީގެ ކުރިން އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓްގައި މަސައްކަތް ކޮށްފައި އެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް