Article Top
ކުޅިވަރު •

ވޮލީބޯޅަ ލީގުގައި ބަޓިސް އަށް ފިޔަވަޅު އަޅައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ވޮލީބޯޅަ ލީގުގައި ބަޓިސް އަށް ފިޔަވަޅު އަޅައިފި

އެމްޓީސީސީ އާއި ޑީއެސްސީ ބައްދަލުކުރި މެޗުގައި ބަޓިސް -- ފޮޓޯ/ވީއޭއެމް

ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާއި އެމްޓީސީސީ ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރޭގައި، ކުޅިވަރުގެ ރޫހާ ހިލާފު ހަޑިހުތުރު ބަހުން މުހާތަބުކުރި މައްސަލައެއްގައި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އިޝާން މުހައްމަދު (ބަޓިސް) 5،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީން ނިންމައިފި އެވެ.

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި އެމްޓީސީސީގެ އިޝާން، ދަނޑާއި ދަނޑުން ބޭރުގައި ތިބި ފަރާތްތަކަށް އަޑުއިވޭ ވަރަށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، ކުޅިވަރުގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވެގެންނެވެ.

Advertisement
Article Inside

މި ހާދިސާ ހިނގި މެޗު 3-1 ސެޓުން ކާމިޔާބުކުރީ ޑީއެސްސީއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓްތައް ޑީއެސްސީން ގެންދިޔައީ 25-20، 16-25، 25-18 އަދި 25-19 އިންނެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑީއެސްސީގެ ފަހަދު ރިޒާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ވީއޭއެމުން މިރޭ އާންމުކުރި ނޯޓިސްގައި ބުނެފައި ވަނީ، އެ ޓީމު ދެން ކުޅޭ މެޗެއްގެ އެއް ގަޑިއިރު ކުރިން ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

އެ ޓީމު ލީގުގައި ދެން ކުޅޭނީ ބުދަ ދުވަހުގެ ހަވީރު 4:15 ގައި ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަމެއް އެއްވެސް ތަކުރާރުވެއްޖެނަމަ، ގަވާއިދުގެ ދަށުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ފަހުގެ އިންޒާރު ވެސް ކޮމިޓީން ވަނީ އޭނާއަށް ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް