Article Top
ޚަބަރު •

އެލްޖީއޭ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެލްޖީއޭ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން.

ލޯކަލް ގަވަަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ދަށުން އެލްޖީއޭ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

Advertisement
Article Inside

އެލްޖީއޭގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ އެ ބޯޑުގެ މަދަނީ ޖަމިއްޔާއެއްގެ މެމްބަރުގެ މަޤާމު ހުސްވެފައިވާތީ އެވެ.

ރައީސް އޮފީހުން ބުނީ، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ހޯމަ ދުވަހުން ފެށިގެން، 2026 ނޮވެމްވަރު 1 ވާ އާދީއްތަ ދުވަހުގެ ނިޔަަލަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ފޯމު ބަލައި ގަންނާނީ ރަސްމީ ބަންދު ދުވަަސްތައް ފިޔަވައި، އެހެން ދުވަސް ތަކުގެ ހެނދުނު 08:30 އިން 12:00 އަށް ކަމަށް ވެސް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް