Article Top
ޚަބަރު •

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެ ކުރަން އުޅުނު ދެ ފަސިންޖަރަކު ކަސްޓަމްސް އިން އަތުލައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެ ކުރަން އުޅުނު ދެ ފަސިންޖަރަކު ކަސްޓަމްސް އިން އަތުލައިގެންފި

މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގުތަކެއް.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެ ކުރަން އުޅުނު ދެ ފަސިންޖަރަކު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކޮށްފައިވާ ގޮތުގައި، 2026 ސެޕްޓެމްބަރު 25 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ނޭޕާލް އަށް ނިސްބަތްވާ ދެ ފަސިންޖަރުންގެ އަތުންނެވެ.

Advertisement
Article Inside

އެގޮތުން އެ ދެ ފަސިންޖަރުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން، އެ މީހުންނާ ސުވާލުކޮށް އިތުރަށް ބަލައި ފާސްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. ކަސްޓަމްސް އިން ބުނެފައި ވަނީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން އަދި 708.2 ގްރާމް ހެރޮއިން ހިމެނެ އެވެ. މި ތަކެތީގެ ޖުމުލަ ބަރުދަނުގައި 1183.8 ގްރާމް (142 ބުލެޓް) ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރާ ފަސިންޖަރުންނާއި، އެއާޕޯޓް އިން ދަތުރުކުރާ މީހުންގެ އަތުން ދޭތެރެ ދޭތެރެއިން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް