Article Top
ޚަބަރު •

މިވަގުތު ވެސް 1273 މަޝްރޫއުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު ޒަރީރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިވަގުތު ވެސް 1273 މަޝްރޫއުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު ޒަރީރު

އަހާ ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވާހަކަ ދައްކަވަނީ.

މިވަގުތު ވެސް ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުގައި ތަރައްޤީގެ 1273 މަޝްރޫއު ކުރިއަށް ގެންދަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަރީރު އެހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އޮތް މިނިސްޓަރުންގެ "އަހާ" ފޯރަމްގައި ބައިވެެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވެފައި ވަނީ 1273 މަޝްރޫއުގައި ސޮއިކޮށް، އެ މަޝްރޫއު ތަކުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

Advertisement
Article Inside

އެހެން ނަމަވެސް، މެދު އިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔެ އަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުން ބައެއް މަޝްރޫއުތައް ލަސްވާ ކަމަށް މިނިސްޓަރު ޒަރީރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް ލަސްކަމެއް އައިސްފައިވާ ކަމަށާއި، އެއީ ހަނގުރާމައިގެ ސަބަބުން ހިލަ ލިބުން ދަތިވުމުގެ ސަބަބުން އައިސްފައިވާ ލަސް ކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އިސްކަން ދޭން ޖެހޭ މަޝްރޫއުތައް ކަނޑައަޅައި، ކޮންމެ މިނިސްޓަރަކު ވެސް ގެންދަވަނީ އެ މަޝްރޫއުތަކުގެ ތަފްސީލު ގާތުން ބައްލަވަމުން ކަމަށެވެ. އިސްކަން ދެވޭ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސަވަމުން ގެންދަވާ ކަމަށާއި، ފައިސާ ލިބޭ މިންވަރަކަށް ބަލައިގެން ކޮންމެ ރަށެއްގެ، ކޮންމެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ބޭރުގެ އެކި އެކި ޤައުމުތަކަށް ދައްކަން ޖެހޭ ދަރަނި އަދާކުރުމާ އެކު، ރާއްޖޭގެ ކްރެޑިޓް ރޭޓިން މައްޗަށް ދިޔުމަކީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އަދި އެކި އެކި ޤައުމު ތަކުން ވެސް ފާހަގަ ކުރާ ކާމިޔާބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް