Article Top
ވިޔަފާރި •

އެއް ދުވަސް ތެރޭ 8621 ފަތުރުވެރިން، މި މަހު އައި ފަތުރުވެރިންގެ އަދަދު ލައްކައިގައި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެއް ދުވަސް ތެރޭ 8621 ފަތުރުވެރިން، މި މަހު އައި ފަތުރުވެރިންގެ އަދަދު ލައްކައިގައި

ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިން ތަކެއް.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އަށް 8621 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަސްކަން ހާމަވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ހޮނިހިރު ދުވަހު 8621 ފަތުރުވެރިން ވަނީ ރާއްޖެ އަށް އައިސްފައި އެވެ. އެއާއެކު، އޮކްޓޫބަރު މަހުގެ މިހާތަނަށް ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 100،148 (އެއް ލައްކަ، އެއް ސަތޭކަ ސާޅީސް) އަށަކަށް އަރައިފަ އެވެ.

Advertisement
Article Inside

މިއީ މިދިޔަ އަހަރުފެ މި މުއްދަތާ އަޅާ ބަލާއިރު، 0.5 އިންސައްތައިގެ އިތުުރުވުމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ.

މިއަހަރުފެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާއިރު ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައި އެވެ. ރާއްޖެ އަށް ދަތުރު ކުރާ ގިނަ ފްލައިޓު ތަކެއް އޭރު ކެންސަލް ވަމުން އައިއިރު، އެކަމުން އަރައި ގަތުމަށް ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ.

އޭގެ ފަހުން ރާއްޖެ އަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދެއްފެ ފަތުރުވެރިން އައިސްފައި ވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، މިއީ ފަތުރުވެރިކަން އަނެއްކާ ވެސް ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު 1.7 މިލިއަންގައި ހުރިއިރު، މިއީ މިދިޔަ އަހަރުގފެ މި މުއްދަތަށް ވުރެ ދަށް އަދަދެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް