ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ހާއްސަކޮށްގެން ރެފްރީ ކޯހެއް ފަށައިފި
ލިޔުންތެރިޔާ
އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޭސިކް ފުޓްބޯޅަ ރެފުރީ ކޯހުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް
ފީފާ ލީގު ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، ރާއްޖޭގައި މުޅިން އަލަށް އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ފުޓުބޯޅަ ރެފްރީ ކޯހެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފަށައިފި އެވެ.
އިއްޔެ ފެށި މި ކޯހަކީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހާއްސަކޮށް ރެފްރީކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއުގެ އަމާޒަކީ އަންހެނުންނަށް ރެފްރީކަމުގެ އިލްމާއި ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ، ކުރިއަށް އޮތް ތަނުގައި އެކި ފެންވަރުގެ މެޗުތައް އިންސާފުކުރުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ކޯހަކީ ދިވެހި ފުޓުބޯޅައިގެ ކުރިމަގަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. އަދި މިއީ ކުޅުމުގެ އިތުރުން ފުޓުބޯޅައިގެ އެހެން ދާއިރާތަކުގައި އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތުތައް ފުޅާކޮށް، މުޖުތަމައުގައި އެކި ކަހަލަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އެފްއޭއެމުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް