Article Top
ކުޅިވަރު •

ކުޅިވަރުގެ 800 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް، މިއީ އެއްފަހަރާ ހިންގޭ އެންމެ ގިނަ މަޝްރޫއު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކުޅިވަރުގެ 800 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް، މިއީ އެއްފަހަރާ ހިންގޭ އެންމެ ގިނަ މަޝްރޫއު

މިނިސްޓަރު ރާފިއު އަހާ ފޯރަމްގައި ވާހަކަ ދައްކަވަވަނީ ---

ކުޅިވަރުގެ ދާއިރާގައި މި ސަރުކާރުން 800 އަށް ވުރެ ގިނަ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި މިނިސްޓަރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ.

Advertisement
Article Inside

މިނިސްޓަރު ވިދާޅުވީ މިއަހަރު 800 އަށްވުރެ ގިނަ މަޝްރޫއު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކަމަށެވެ. މިއީ ރެކޯޑެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް މިހާރު ނިމެމުން އަންނަ ކަމަށެވެ. މި ސަރުކާރުން މިހާތަަނަށް 130 އަށް ވުރެ ގިނަ މަޝްރޫއު ނިންމައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީރު ރާފިއު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން އައުޓްޑޯ ޖިމްތަކާއި އެކިއެކި ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތައް ކިތަންމެ ގިނަވި ނަމަވެސް، މި ދައުރުގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވަޒީރު ރާފިއު ވިދާޅުވި އެވެ.

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންތަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަޅާނުލެވި އޮތް ގިނަ ކުޅިވަރުތަކަކަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކޮށްދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ރޭސިން ޓްރެކާއި، ޝޫޓިންނަށް ޙާއްސަ އެރީނާއެއްގެ އިތުރުން، އޮލިމްޕިކް ފެންވަރުގެ ސްވިމިންގް ޕޫލަކާއި އަދިވެސް އެކިއެކި ކުޅިވަރުތަކަށް ހާއްސަ އެކި ފެސިލިޓީތައް ޤާއިމްކުރުމަށް، އެކި ފަރާތްތަކާ ގުޅިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް