Article Top
ޚަބަރު •

42 ބަނގުރާފުޅި އާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

42 ބަނގުރާފުޅި އާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައިގައި މާފުށިން ހައްޔަރުކުރި މީހާ.

ކ.މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި، މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހު ކަމަށެވެ.

Advertisement
Article Inside

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، ހދ.ކުޅުދުއްފުށި / ސަމޭދާން، އުމުރުން 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދު އެވެ. މާފުށީގައި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 8 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް