Article Top
ޚަބަރު •

ތިލަފުށީގައި ގާއިމުކުރާ އިންސިނަރޭޓަރު 2028 ވަނަ އަހަރު ބޭނުން ކުރަން ފެށޭނެ: މިނިސްޓަރު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ތިލަފުށީގައި ގާއިމުކުރާ އިންސިނަރޭޓަރު 2028 ވަނަ އަހަރު ބޭނުން ކުރަން ފެށޭނެ: މިނިސްޓަރު

މިނިސްޓަރު ޝަރީފް އަހާ ފޯރަމްގައި ވާހަކަދައްކަވަނީ ---

ތިލަފުށީގައި ޤާއިމުކުރާ އިންސިނަރޭޓަރގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެެއަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި މިނިސްޓަރުންގެ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ ތިލަފުށީގައި ގާއިމުކުރާ އިންސިނަރޭޓަރުގެ މަސައްކަތް ދުވަސްތަކެއް ވަންދެއް ހުއްޓިފައި ހުރުމަށް ފަހު އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

Advertisement
Article Inside

އެ އިންސިނަރޭޓަރުގެ 40 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަަމަށާއި، މިނިސްޓްރީގެ އުންމީދަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ މެޝިން ބޭނުންކުރަން ފެށުންކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންސިނަރޭޓަކީ ކުނި އަންދާއިރު، ޖައްވަށް ބޭރުވާ ވިހަ މާއްދާތައް ހުއްޓުވުމަށް ފަރުމާކޮށްފައިވާ މެޝިނެކެވެ.

އެ މެޝިން ބެހެއްޓުމުގެ މަސައްކަތަކީ 2021 ވަނަ އަހަރު ފެށި ގްރޭޓާ މާލޭ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓުގެ ތެރެއިން ފެށި މަސައްކަތެކެވެ.

އެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތްވެސް 2028ގެ ނިޔަލަށް ނިންމައި ބޭނުން ކުރަން ފެށުމައް ދަނީ ތައްޔާރުވަމުންނެއެވެ. މި ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.

މިޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރު ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވި އެވެ. ހަމައެއާއެކު ގްރިޑަށް ފީޑްކުރާ 10 މެގަވޮޓާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގާތްގަނޑަކަށް 2 މިލިޔަންވަރު މަދުކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް