Article Top
ޚަބަރު •

ގެދޮރު އިމާރާތް ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީގެ އެހީތެރިކަން ނުލިބުން: މިނިސްޓަރު މުއްޠަލިބު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގެދޮރު އިމާރާތް ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީގެ އެހީތެރިކަން ނުލިބުން: މިނިސްޓަރު މުއްޠަލިބު

ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމްގެ ދަށުން "ހެލްޕު ޓު ބިލްޑު ސްކީމް" ތަންފީޒު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު މުއްޠަލިބު ވާހަކަ ދައްކަވަނީ.

ދިވެހިރާއްޖޭގައި ދިވެހިންނަށް އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީގެ އެހީތެރިކަން ނުލިބުން ކަމަށް، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

މާލީ ހަތަރު އިދާރާ އާއެކު ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމްގެ ދަށުން "ހެލްޕު ޓު ބިލްޑު ސްކީމް" ތަންފީޒު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ވޯލްޑް ބޭންކް އާއި ހައުސިން މިނިސްޓްރީ ގުޅިގެން ކުރި ދިރާސާ ތަކުން ދައްކާ ގޮތުގައި ދިވެހި ރައްޔިތުންނަށް ގޯތީގައި އަމިއްލަ އަށް އިމާރާތް ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އިކުއިޓީގެ އެހީތެރިކަން ނުލިބުން ކަމަށެވެ.

Advertisement
Article Inside

އެހެންވެ ސަރުކާރުން އެކި އެކި ބޭންކުތަކާ ވާހަކަ ދައްކައިގެން ކަނޑައެޅީ، އިކުއިޓީގެ އެހީތެރިކަން ދީގެން ދިވެހި ރައްޔިތުންނަށް ލޯނު ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފަސް އިންސައްތައިގެ ލޯނު ކުރިއަށް ގެންދިޔައިރު ދިމާވި އެންމެ ބޮޑު ދައްޗަކީ، އެކަން ރޭވިފައި އޮތް ގޮތުން އުނދަގޫ ތަކެއް ހުރުމާއެކު ގިނަ ބޭންކުތަކުން އެކަމުގެ ތެރެއަށް ވަދެ، އެ ލޯނު ފޯރުކޮށްދިނުމަށް ފަސްޖެހުން ކަމަށެވެ.

އެހެން ނަމަވެސް، މިފަހަރު ސޮއި ކުރެވުނު ސްކީމް ތަކަކީ ބޭންކުން ލޯނު އެޕްރޫވްވާ ކޮންމެ ފަރާތަކީ އަމިއްލަ ބޯހިޔާވަހިކަން ފުރަތަމަ ފަހަރަށް ހޯދާ ފަރާތަކަށްވާ ނަމަ، އެ ފަރާތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވެފައިވެ އެވެ.

އެކަން ފާހަގަ ކުރައްވައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނީ ރާއްޖޭގެ އެކި ރަށް ރަށުގައު ގޯތި ލިބި، އިމާރާތް ކުރެވޭނެ ގޮތެއް ނެތިފައި ތިބި ފަރާތްތަަކަށް ކަަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ތިން ކޮަޓަރީގެ ގެއެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ހެދޭ ކަމަށް ވާ ނަމަ، ސަރުކާރުން ދެނީ ގާތް ގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ކަމަށެވެ. ބާކީ އަށް ލައްކަ ރުފިޔާ އެ ފަރާތުން ހޯދާނީ ބޭންކު ފައިނޭންސިންގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ޙާލަތެއް ފިޔަވައި، އެ ދެ ލައްކަ ރުފިޔާ ސަރުކާރަށް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ދެ ލައްކަ ރުފިޔާ އަނބުރާ ދައްކަން ޖެހޭ ހަމައެކަނި ޙާލަތަކީ ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ވިއްކާލާ ނަމަ، އެ އިކުއިޓީ ޕޭމަންޓް އަނބުރާ ހޯދުން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، މިއީ އަމިއްލަ ގޯތީގައި އިމާރާތް ކުރުމަށް ވީހާ ވެސް ގިނަ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް